ހިރިޔާގެ ޕްރިންސިޕަލް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި

ހިރިޔާ ސްކޫލްގެ ދަރިވަރަކާ ޖިންސީ އަމަލަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކައިގެން ހައްޔަރުކުރި އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، އިސްމާއިލް މަސްރޫފްގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެ ޝަރުތުތަކުގެ ތަފްސީލު ފުލުހުން ނުދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ވަނީ، މިދިޔަ އަހަރުން ފެށިގެން ޖިންސީ އަމަލުތަކަކަށް މަގުފަހިވާ ގޮތަށް ދަރިވަރަކާ ވާހަކަ ދައްކަމުންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ދަރިވަރުގެ ބެލެނިވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ