ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެން ސިޔާސީ ފަރާތްތައް ގުޅިގެން ޕީޕީއެމް އުފެއްދި މަގުސަދަށް އެނބުރި ވާސިލްވާން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ. މި މޭރުމުން ގޮވާލައްވާފައި ވަނީ ޓްވީޓް ކުރައްވައިގެނެވެ.
މީގެ ގަޑިއެއްހާ އިރު ކުރުން އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވަނީ ރައީސް މައުމޫން އިއުލާން ކުރެއްވި ޕާޓީ ރިފޯމް އެޖެންޑާގެ ޓައިމް ލައިނަށް މަރުހަބާ ދަންނަވާ ކަމަށާއި 2018 ވަނަ އަހަރުގެ ފެބްރުއަރީ ގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމުގެ އުންމީދުކުގައި ހުންނެވި ކަމަށެވެ. އޭނާ ވަނީ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރި ވަޑައިގެން ސިޓީއެއްވެސް ފޮނުއްވާފަ އެވެ.
މައުމޫން އިއުލާން ކުރެއްވި މަގުޗާޓްގައިވާ ވާގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޕީޕީއެމްގެ އަސްލު މަގުސަދަށް އެނބުރި އައުމަށް އުމަރު ގޮވާލެއްވި އިރު އުމަރު ވަނީ ކުއްލި ގޮތަކަށް ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާ ސަރުކާރަށް ފާޑުވެސް ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ މަގުސަދަށް ރުޖޫއަވާން އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ