ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުއެވެ. އެ ވަގުތީ އަމުރުގައި ސުޕްރީމް ކޯޓުން ވަނީ މެންބަރުންގެ ޖުމުލަ އަދަދަކީ 80 މެންބަރުން ކަމަށް ބެލުމުގެ ބަދަލުގައި، ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.
އެ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަމުރާ މެދު މެންބަރުން އަމަލުކުރާނޭ ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި މެންބަރުން ބަހުސް ކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅާފައިވަނީ، މެންބަރުންގެ ޖުމުލަ އަދަދު ގުނުމުގައި މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރުމަށް ހުށަހަޅާފައެވެ. އަދި އެ ހުށަހެޅުން މަޖިލީޙުން ފާސްކޮށްފައިވަނީ ވޯޓުަގއި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
އިތުރު ތަފްސީލު އަންނަނީ-
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް އަމަލު ނުކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ