އިސްރާއީލުން އީރާނަށް ހަމަލާދީފި

އިސްރާއީލުން
އީރާނަށް މިސައިލް ހަމަލާއެއްދީފިކަމަށް ޚަބަރު ލިބެމުން އެބަދެއެވެ. އީރާން ޓީވީން
ބުނާގޮތުގައި އެގައުމުގެ އިސްފަހާނު ކައިން ގޮވުންތަކެއްވަނީ ގޮވަފައެވެ.
އެހިސާބުން ވައިގެ ދަތުރުފަތުރުތައް މިހާރުވަނީ މެދުކަނޑާލެވިފައެވެ. އީރާނުން
ބުނާގޮތުގައި އެގައުމުގެ އެއަރޑިފެސް ސިސްޓަމުންވަނީ އިސްފަހާނުމަތިން ތިން
ޑްރޯނެއް ވައްޓާލާފައެވެ. މިހަމަލާއާއިބެހޭ މާކަބޮޑުތަފްސީލެއް ނުވަތަ މީހަކަށް ކަމެއްވެ
ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް އަދިނުލިބެއެވެ. އިސްރާއީލުންވެސް
ވަކިއެއްޗެއް ނުބުނެއެވެ. އިސްފަހާނަކީ އީރާނުގެ އަސްކަރީ ވަރަށް މުހިއްމު މަރްކަޒުތަކެއް
ހިމެނޭ ރަށެކެވެ.
އިސްރާއީލުން
ސީރިޔާގެ އަސްކަރީ ބައެއް ތަންތަނަށްވެސް ހަމަލާދިނެވެ.
އީރާނަށް
ހަމަލާދީފައިމިވަނީ ސީރިޔާގައިހުރި އީރާންގެ ޑިޕްލޮމެޓިކް އިމާރާތަކަށް ބައިނަލް
އަގުވާމީ ގާނޫންތައް މުގުރާލާފައި އިސްރާއީލުން ހަމަލާދިނުމުން އެކަމުގެ
ބަދަލުހިފާނެކަމަށް ބުނެ އީރާނުން އިސްރާއީލަށްދިން މިސައިލާއި ޑްރޯންގެ ވަރުގަދަ
ހަމަލާތަކަކަށްފަހުއެވެ. މިހަމަލާތަކަށްފަހު އީރާނަށް ހަމަލާދޭނެކަމަށް އިސްރާއީލުން
ބުނެފައިވެއެވެ.
Advertisement
އީރާން
މައްސަލަ އިސްރާއީލުން މިގޯސްކުރަނީ ޔަހޫދީ ދައުލަތުން ޣައްޒާގައި ފަލަސްތީނުގެ
ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފް ރަހުކުޑަ
ހަމަލާތަކުގައި ފަލަސްތީނުގެ 33 ހާހަށްވުރެ ގިނަ ކުށެއް ނެތް ރައްޔިތުންގެ
ލޭއޮހުރުވައިލުމުން ބައިނަލް އަގުވާމީގޮތުން އިސްރާއީލަށް ކިޔެމުންދާ
ފާޑުކިއުންތަކާހެދި ދުނިޔޭގެ ސަމާލުކަން އެހެންދިމާލަކަށް ހުއްޓުވައިލުމަށް ކަމަށް
މުހައްލިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ