ޔާމީންގެ އިސްތިއުނާފުގެ ހުކުމް މާދަމާ އަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލާގައި ހުކުމް ކުރުން މާދަމާ އަށް ތާވަލުކޮށްފިއެވެ.
ހައި ކޯޓުން ބުނީ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން ހުކުމް ކުރުމުގެ މަޖިލީސް ފަށާނީ އެކެއް ޖަހާއިރުއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ދެއްކުމަށްވެސް ހުކުމް ކުރިއެވެ.
އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ