ތުލުސްދޫއަށް ދިޔަ އިޒުރޭލް މީހަކު ބޭރު ކޮށްލައިފި

ރާއްޖެއަށް އިޒުރޭލު ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސް ކޮށްފަ އެވެ.
ރާއްޖެ އައިސް މާލެ އަތޮޅު ތުލުސްދޫއަށް ޗުއްޓީ ހޭދަ ކުރަން ދިޔަ އިޒުރޭލުގެ ޓޫރިސްޓަކު އެ ރަށުން ބޭރު ކޮށްލައިފި އެވެ.
ޓޫރިސްޓެއްގެ ގޮތުގައި އެ ރަށަށް އިޒުރޭލްގެ މީހަކު ދިޔަކަން އެނގުމާއެކު އެ މީހާ ހުރި ގެސްޓުހައުސްއަށް ގޮސް، ރަށުން އޭނާ ބޭލުމުގެ މަސައްކަތްކޮށް އޭނާ ބޭލީ އެވެ. އޭނާ ރަށުން ބޭލުމުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގަ އެވެ.ތުލުސްދޫއިން ބޭލި އަންހެން ޓޫރިސްޓަކީ އިޒުރޭލުގެ ބްލޮގަރެއް ކަމަށް ވެއެވެ. ތުލުސްދޫއަކީ އިޒުރޭލު ޓޫރިސްޓުގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އެ ރަށަށް ދަނީ ރާޅާ އަޅަން އަންނަ ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭ އެ ރަށަށް އިޒުރޭލު ޓޫރިސްޓުން އެރުން މަނާކޮށް، ރަށުގެ އެކި ތަންތަނުގައި "އިޒްރޭލު ނޮޓް އެލޯވްޑް" ޖަހައި ފަލަސްތީނުގެ ދިދަ ނަގައިގެން އުޅެ އެވެ.ރާއްޖެއަށް އިޒުރޭލު ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސް ކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ