މެންޗެސްޓާ (އޮގަސްޓް 3) - މެންޗެސްޓާ ޔުނައިޓެޑުން 70 މިލިއަން ޑޮލަރަށް ގަތް ޑެންމާކްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް، 35 މިލިއަން ޑޮލަރަށް ވިއްކާލަން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އެއް އަހަރު ކުރިން، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑަށް ސޮއިކުރި، ހޮއިލުންޑް، 22، ދެ އަހަރު ތެރޭ ވިއްކާލަން ޔުނައިޓެޑުން ނިންމީ، އެކަށީގެންވާ ކުރިއެރުމެއް ފެނިފައިނުވާތީ އެެވެ. އަދި، ޔުނައިޓެޑުން އާރްބީ ލައިޕްޒިގުގެ ފޯވާޑް، ބެންޖަމިން ސެސްކޯ ގަންނަން ކުރާ މަސައްކަތުގައި ބަޖެޓު ބޮޑުކުރުމުގެ ގޮތުންނެވެ.
ކުރިން، އެޓަލަންޓާ އަށް ކުޅުނު ފޯވާޑް، ހޮއިލުންޑް ވަނީ ޔުނައިޓެޑްގައި މަޑުކޮށް، ފެންވަރު ސާބިތުކޮށްދީ، ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ، އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، 145 މިިލިއަން ޑޮލަރު ހަރަދުކޮށްފައި ގަތް، ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ އާއި ވުލްވްސްގެ މަޓެއުސް ކޫންޏާގެ އިތުރުން ދެން ގެންނަ ފޯވާޑަކާ އެކު، ހޮއިލުންޑްގެ ބޭނުން ކުޑަވާނެ ކަމަށް ކަނޑައަޅައިފަ އެވެ.
ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ކުޅެދިން 95 މެޗުން 25 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
70 މިލިއަން ޑޮލަރަށް ގަތް ހޮއިލުންޑް 35 މިލިއަން ޑޮލަރަށް ވިއްކާލަނީ 70 މިލިއަން ޑޮލަރަށް ގަތް ހޮއިލުންޑް 35 މިލިއަން ޑޮލަރަށް ވިއްކާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ