ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެހީވާނަން : ރައީސް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރާދެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދުވަހުގައި ރާއްޖޭގެ ރަށްތަކާއި މުޅި ދުނިޔޭގައި ދެމެހެއްޓެނިވި ކެރިއެރުން ގެނެސްދޭ ވިޔަފާރިވެރިންނާއި އީޖާދު ކުރާ ފަރާތްތައް ފާހަގަ ކުރައްވާ ކަމަށެވެ.ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރަށްތަކުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭ ވިޔަފާރިވެރިންނާއި އާއީޖާދުތައް ހޯދާ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ހިދުމަތް ފާހަގަ ކުރައްވާ ކަމަށެވެ."ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ މާހައުލެއް ފަހިކޮށް ދޭން ސަރުކާރުން މަސައްކަތް ކުރާނެ." ރައީސް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ 2040 އާ ހަމައަށް އަންނަ އިރު، ރާއްްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ އިރު އެ އަމާޒަށް ވާސިވުމުގައި ކުދި ވިޔަފާރިތަކަކަކީ ވަރަށް މުހިއްމު ދައުރެއ އަދާކުރާނެ ދާއިރާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ