ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ދޭ ޑޮލަރު ސަޕޯޓު %30އަށް ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެގޮތުގައި ދެމުން އައީ ޓީޓީ ހަދާ އަދަދުގެ %15 އެވެ.
ތަފްސީލް - ބޭންކުން މިއަދު ބުނީ އެފަދަ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކުން %30އާ ހަމައަށް މިހާރު ޑޮލަރު ސަޕޯޓު ލިބޭނެ ކަމަށެވެ.
ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު ބޮޑުކުރި އިރު ބޭންކުން މިއަދު ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
މާދަމާ އިން ފެށިގެން ޑޮަލަރު ލިމިޓު ބޮޑު ކުރި ނަމަވެސް، ވިޔަފާރީގެ ބޭނުމަށް މުދާ ގެންނަ ކަމަށް ފާހަގަކުރެވޭ އޮންލައިން ސައިޓުތަކަށް ދިވެހި ރުފިޔާ އެކައުންޓަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑަކުން ފައިސާ ދައްކާއިރު %30އާ ހަމައަށް ފީއެއް ނަގަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ކުޑަކޮށް އޭޓީއެމްއިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ވިޔަފާރިތަކުން ހަދާ ޓީޓީއަށް ދޭ ޑޮލަރު ސަޕޯޓު %30އަށް ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ