ޓެކް ދާއިރާގެ އިންވެސްޓްމަންޓަށް އެމެރިކާއިން ހުރަސްއަޅާތީ ޗައިނާގެ އިންޒާރެއް

ޗައިނާގެ ޓެކް ދާއިރާއަށް އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތަކަށް އެމެރިކާއިން ހުރަސްއަޅާ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ޗައިނާއިން އެމެރިކާއަށް ދީފިއެވެ. ޗައިނާގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މަޖިލީހުން އެމެރިކާއަށް ރަސްމީކޮށް މިފަދަ އިންޒާރެއް ދީފައިވާއިރު، އެ މަޖިލީހުން ބުނީ ޗައިނާގެ ޓެކް ދާއިރާއަށް އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތައް މަނާކުރާ ނުވަތަ މަނާކުރާ އުސޫލަށް ފަރުވާތެރިކަމާ އެކު ވިސްނުމަށެވެ. ޗައިނާއިން މިފަދަ އިންޒާރެއް ދީފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މަހު ސޮއިކުރެއްވި އެގްޒެކެޓިވް އަމުރުގައި ސެމިކޮންޑަކްޓާސް އާއި މައިކްރޯއިލެކްޓްރޯނިކްސް އާއި ކުއަންޓަމް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ބައެއް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކުގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކަށް އިންވެސްޓްކުރުން މަނާކޮށްފައި އޮތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮމާސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޗައިނާ ކައުންސިލް ފޯ ދަ ޕްރޮމޯޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑުން ބުނީ އެ އަމުރުގައި އިންވެސްޓަރުންނާއި މުއާމަލާތްތަކުގެ ބާވަތްތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ. ބައިޑަންގެ އަމުރަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމަށާއި އެމެރިކާގެ ވެރިރަށުން ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމުގެ ގޮތުން ނެރުނު އަމުރެކެވެ. އަންނަ އަހަރުން ފެށިގެން އަމަލު ކުރުމަށް ނިންމާފައިވާ މިޤަރާރާ ދޭތެރޭ ބައިނަލްއަޤުވާމީ ޓެކްފާމްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމެރިކާގެ ފައިނޭންޝަލް ފާމްތަކުން ވެސް ބުނަމުން ދަނީ އާ އުސޫލަކީ މާ ބޮޑު ތަފްޞީލެއް ނެތް އުސޫލެއް ކަމަށާއި، އެ އުސޫލަށް އަމަލުކުރުމުގެ ޒިންމާ އިންވެސްޓަރުން ނުނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ