ބަދަލުގެ ގޮތުގައި މިއަހަރު އެކި ފަރާތްތަކަށް 374 މިލިއަން ރުފިޔާ ދީފި

ސަރުކާރުން ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް އެކި ފަރާތްތަކަށް 374 މިލިއަން ރުފިޔާ ދީފައި ވާ ކަަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 373.8 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. ބަދަލުގެ ގޮތުގައި ދޭން މި އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 101.2 މިލިއަން ރުފިޔާއެވެ. އެހެންކަމުން ބަޖެޓު ކުރި އަދަދަށް ވުރެ އިތުރަށް 272.6 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ސަރުކާރުން އެކި ފަރާތްތަކަށް ވަނީ ދީފައެވެ.
މިދިޔަ އަހަރު ސަރުކާރުން ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާ ދީފައިވާއިރު 2021 ވަނަ އަހަރު ދީފައިވަނީ 229.8 މިލިއަން ރުފިޔާއެވެ.
ބަދަލުގެ ގޮތުގައި ދޭން ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ދީފައިވާއިރު މިއަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ޚަރަދުތައް އިތުރުވުމާއެކު އިތުރުވެ ކުރިއަށް އޮތް ދެ މަސް ދުވަހަށް ލަފާކުރާ 6.5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓު ފިނޭންސުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 50 ބިލިއަނަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ