މައުމޫން ލަފާދޭ ކޮމެޓީ އުފެއްދެވީ އަސާސީ ގަވާއިދާ ޚިލާފަށް: އަބްދުއްރަހީމް
ޕީޕީއެމް ހަރުދަނާކުރުމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކުލަވާލެއްވި ލަފާދޭ ކޮމެޓީ އަކީ ގަވާއިދާ ޚިލާފަށް އުފެއްދެވި ކޮމެޓީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ނޫނީ އެފަދަ ކޮމެޓީއެއް އެކުލަވައިނުލެވޭނެ ކަމަށެވެ. އެ މަޖިލީހުގައި ތިއްބަވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރައްވާފައިވާ އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދާއ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިފާ ޝަކޫރުގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ އެގެޒެކްޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އެވެ. އެ ކޮމެޓީގައި ކުރީގެ ހޯމް މިނިސްޓަރު އުމަރާއި ސީނާ ޒާހިރު ހިމެނިވަޑައިގަންނަވާތީ އަބްދުއްރަހީމް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެކިގޮތްގޮތުން ސަރުކާރުދެކެ ހިތް ހަމަޖެހިވަޑައި ނުގަންނަވާ ބޭފުޅުން ކަމަށާއި މައުމޫން ސަރުކާރާ ދެކޮޅުކަން އެކަމުން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ