ކުރިމަގެއް ނެތް ކަމަށް ވިދާޅުވެ، ގާލިބް ޕީޕީއެމުން ވަކިވެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓް މެމްބަރު އަހުމަދު ޣާލިބު އެޕާޓީން ވަކިވުމަށް ފޯމު ހުށަހަޅައިފިއެވެ.
ޕީޕީއެމުން ވަކިވުމަށް އެދި ހުށަހަޅާފައި ވާކަމަށް ގާލިބު ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި ލިޔުމެއްގައެވެ.
"މި ވަގުތު ޕާޓީއާއި އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް އަޅުގަނޑަށް ނެތަތީވެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް ކަމުންނާއި، ޕާޓީގެ ސެނެޓުން މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށްފަހު ޕާޓީން ވަކިވުމަށް އެދި ހުށަޅައިފިން،" މިއަދު ޣާލިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޣާލިބަކީ ޕީޕީއެމްގެ ނައިބު ރައީސް, މާލޭ ސިޓީ މޭޔަރު މުޢިއްޒުގެ ދެބެންގެދެދަރި ކޮއްކޮއެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އެހެން ކެންޑިޑޭޓަކު ނެރުމާމެދު ޕާޓީގެ މެންބަރުންގެ ތެރޭގައި ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.
އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި މުޢިއްޒު ނިކުންނަވަން ވިސްނަވަމުންގެންދަވާ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް މުއިއްޒު އެކަން ދޮގު ކުރައްވައެވެ. ޣާލިބުގެ އިތުރުން މުޢިއްޒާ ގާތް ގުޅުމެއް އޮންނަ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު ވެސް ވަނީ ޕާޓީން ވަކިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ