ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15ގައި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓުގައި ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށް މާދަމާއިން ފެށިގެން ފޯމު ބަލައިގަންނާނެކަން އިއުލާންކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީ.ސީ އިން މިއަދު ނިންމައިފި. ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.@ElectionsMv @mvpeoplesmajlis @psmnewsmv @Ch13official @Raajje_tv @Sangu_TV
— Ismail Habeeb (@IsmailHabeeb) February 26, 2023
އެހެންނަމަވެސް ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚެއް ހާމަކުރައްވާފައެއް ނުވެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިމިވަނީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ ނިޔާވުމާއި ގުޅިގެންނެވެ. ރިޒާ ނިޔާވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އެންމެ ފަހުން ބޭއްވި މަޖިލީހުގެ ބައި އިލެކްޝަނަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. ވާދަވެރި، ފޯރިގަދަ ކެމްޕެއިނަކަށްފަހު އެއިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ