އދ. ދިއްދޫ ސްކޫލް ކުދިން ކިޔަވަން ނުފޮނުވާ މައްސަލަ ފުލުހަށް

އދ. ދިއްދޫ ސްކޫލް ކުދިން ކިޔަވަން ނުފޮނުވާ މައްސަލަ ތައުލީމީ ވުޒާރާއިން ފުލުހުންނަށް ހުށައަޅައިފިއެވެ.
އެ ސްކޫލް ސެޓަލައިޓް ސްކޫލަކަށް ބަދަލުކޮށް، 22 ކުއްޖަކާއެކު ކިޔަވަން ހަމަޖައްސާފައިވީ ނަމަވެސް ދިރާސީ އައު އަހަރުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފެށި ފަހުން ފެނާއި ކަރަންޓުގެ ހިދުމަތް ނެތުމުން ކަމަށް ބުނެ ކުދިން ކިޔަވަން ފޮނުވާފައެއް ނުވެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ހަބަރު ފެތުރޭ ގޮތުން ފެނާއި ކަރަންޓް ނެތް ތަނަކަށް ކުދިން ފޮނުވަން ބެލެނިވެރިން ބޭނުމެއްނުވެއެވެ.
އެކަމާއި ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ ދިއްދޫގެ ބައެއް ކުދިން ސްކޫލަށް ނުފޮނުވާ މައްސަލަ ބަލައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި އެދިފައިވާ ކަމަށެވެ.
އެހެންކަމުން މިކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސްކޫލްގައި ކަރަންޓާއި ފެން ނެތުމަކީ ކިޔަވަން ނުފޮނުވާ މައިގަނޑު މައްސަލަ ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވެފަވާއިރު ކުދިން ކިޔަވަން ސްކޫލަށް ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ ކިބައިން އެދުނު ސަބަބެއް ސާފެއް ނުވެއެވެ. އެޑިއުކޭޝަނުގެ ބަހެއް ނުލިބޭތީ މައްސަލައެއް ނެތި ގަސްދުގައި ކިޔަވަން ނުފޮނުވަނީތޯ ނުވަތަ ނޫން ކަމެއް ސާފު ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ