ހިތާދޫ އާ އިންޖީނުގެ ހުޅުވައިފި

ފެނަކަ އިން ބ. ހިތާދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވައިފި އެވެ.
400 ކިލޯވޯޓުގެ އާ ޖެނެރޭޓަރަކާއެކު ރަށުގެ އާބާދީއާއި ދުރުގައި އިމާރާތް ކުރި މި އިންޖީނުގެ އިން ހިދުމަަތް ދޭން ފށުމާއެކު އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަހައްދުގައި ހުރި ބާ އިންޖީނުގެއިން ވަނީ ހިދުމަތްދިނުން ހުއްޓާލާފަ އެވެ.
ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.
އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ