މޫސުން ގޯސްވަމުންދާތީ، ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މާލެ ހިމެނޭ ސަރަހައްދުގައި އިންތިހާއަށް ކަނޑުގަދަވެ، މޫސުން އިތުރަށް ގޯސްވަމުންދާތީ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ކަނޑުމަގުން ނުކުރުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ.
ސިފައިން މިގޮތަށް އިލްތިމާސްކުރެއްވިއިރު، މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މެޓްއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދަށެވެ.
މި އެލާޓް ނެރެފައިވަނީ، މިއަދު މެންދުރު 14:00 އިން މިއަދު ހަވީރު 18:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 30-40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ބުނެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ހަމައެހެންމެ، މާދަމާ ހެނދުނު 10:00 އާ ހަމަޔަށްވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އިން އަންދާޒާކުރެއެވެ.
މި ދުވަސްވަރަކީ، މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ދުވަސްރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ