ޚަބަރެއް ނުވެގެން ސިފައިން ހޯދަމުން ގެންދިޔަ ”މަންހާ” ދޯނި ފެނިއްޖެ

ޚަބަރެއް ނުވެގެން ސިފައިން ހޯދަމުން ގެންދިޔަ ”މަންހާ” ދޯނި ފެނިއްޖެއެވެެ. އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުން ”މަންހާ” ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ރޭ 20:30 ހާއިރު ސެޓެލައިޓް ފޯނުން އެ ދޯންޏާއި ގުޅިފައި ވާކަމަށެވެ. އޭރު އެ ދޯނި އޮތީ ލ. އަތޮޅު ހުޅަނގު ފަރާތު ބޭރުން ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި، މިހާރު އެ ދޯނި މާލެ އައުމަށް ދަތުރު ކުރަމުން ގެންދާ ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދީފައި ވެއެވެ. މި ދޯނީގައި ތިބި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް ދޯނީގެ ކެޕްޓަނާއި ޙަވާލާދީ ސިފައިން މަޢުލޫމާތު ދީފައި ވެއެވެ. ނ. މިލަދޫގައި ދުއްވާ 99 ފޫޓް ދިގުމިނުގެ މި ދޯނީގެ ބޭރުގައި ކަނޑުނޫ ކުލައިގެ ދަވާދު ލާފައިވާއިރު، ތިންބުރިއަށް ހަދާފައިވާ ދިރުނބާ ކޮޅުގައިވާ ގެ ގަނޑުގައި ވަނީ ހުދުކުލަ ލާފައެވެ. މީގެ ކުރިން މިދޯނީގެ ޚަބަރެއް އެންމެ އެންމެފަހުން ވެފައިވަނީ މިމަހުގެ 09 ވަނަ ދުވަހު ދ.އަތޮޅާއި ދިމާލުން ބޭރަށް މަސްވެރިކަން ކުރަމުން ދިޔައިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ