އެގާރަ އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލާން ހުކުމްކުރި ޝަރީއަތުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބައެއް މައުލޫމާތުތައް މަދުކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
ނާޒިމްގެ ޤާނޫނީ ޓީމުން މިރޭކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ނާޒިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބައެއް މައުލޫމާތު އުނިކަމަށާ އެހެންކަމުން އެ މައްސަލައާއި ގުޅިގެން މާދަމާ ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ. އަދި މިއަދު ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ އިސްތިއުނާފްކުރުމުގެ މުއްދަތު ހަމަވިއިރުވެސް މައްސަލަ ނިންމިގޮތުގެ ރިޕޯޓް ނުލިބުމުން އެ ރިޕޯޓާއި ނުލާކަމަށްވެސް އެ ޓީމުން ބުނެއެވެ.
ޤާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މައުމޫން ހަމީދު ވިދާޅުވީ އިސްތިއުނާފްކުރުމަށް ހައިކޯޓަށް މައްސަލަ ހުށައެޅިއިރު ރިޕޯޓް ލިބިފައިނުވިނަމަވެސް މައްސަލަ ހައިކޯޓަށް ހުށައެޅިތާ ފަސްގަޑިއިރު ފަހުން އެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި ރިޕޯޓް ބެލުމުން އެ ރިޕޯޓްގައި ބައެއް މައުލޫމާތުތައް މަދުކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަ ކޯޓަށް ހުށައަޅާ އެކަން ހިނގާދިޔަގޮތެއް ޤާނޫނީ ޓީމުން ސާފްކުރާނެކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބެނީސް އެ މައްސަލަ އިސްތިއުނާފް ކުރަން ނާޒިމްގެ ފަރާތުން ހައި ކޯޓަށް މިއަދު ވަނީ ހުށަހަޅައަޅާފައެވެ.
އެކަމަކު އެ މައްސަލަ ބަލައިގަތުމާއި މެދު ހައި ކޯޓުން ގޮތެއް ނިންމިކަމެއް އަދި ނޭނގެއެވެ. ނާޒިމްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، އޭނާ މިހާރު ހުންނެވީ ބޭސް ފަރުވާއަށް ސިންގަޕޫރުގައެވެ.
ނާޒިމްގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައި ވަނީ 18 ޖެނުއަރީ 2015 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ނާޒިމް ދިރިއުޅުއްވާ ގ.އެނިފް ބަލާ ފާސްކުރިއިރު، ކޮޓަރީގައި ހުރި ކުޑަ ކަބަޑުގެ ތެރޭގައި އޮތް ކަޅު ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި، ތިން ވަޒަނާއި، މަގަޒިންއެއްގެ އިތުރަށް ޕެންޑްރައިވްއެއް ފެނިފައިވާކަން ޝަރީއަތައް ހުށަހެޅި ހެއްކާއި ޤަރީނާއިން ސާބިތުވާ ކަމަށެވެ.
އަދި މިތަކެއްޗަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށްދެވޭ ވަރަށް ނާޒިމަށް ހެކި ހުށަހެޅިފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.
މައްސަލަ ނިންމިގޮތުގެ ރިޕޯޓްގައި ބައެއް މައުލޫމާތު މަދު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ