ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބަލަމުންދާއިރު އެމައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހުން ބާއްވަން އުޅެނިކޮށް އެ އަޑުއެހުން ހަވީރަށް ފަސްކޮށްފި އެވެ.
ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަ ބަލަނީ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާތީ އާއި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާނުލަން ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލުކޮށްފައިވާތީއެވެ.
ސުޕްރީމް ކޯޓުން އަމިއްލަ އަށް ބަލަމުން އަންނަ ސުމޯޓޯ މައްސަލާގައި މިއަދު މެންދުރުފަހު 2:30 ގައި އަޑުއެހުމެއް ބާއްވަން ތާވަލްކުރި އެވެ. ނަމަވެސް މިހާރު އެ އަޑުއެހުން ހަވީރު 4:00 އަށް ވަނީ ތާވަލްކޮށްފައެވެ.
އަޑު އެހުން ފަސްކޮށްފައިވަނީ ސުޕްރީމް ކޯޓަށް އީޔޫގެ ވަފްދުގެ ބޭފުޅުންވެސް ވަޑައިގެންނެވި ފަހުންނެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެމަޖިލީހުގައި ހިމެނިވަޑައި ގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓުން ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުން ބަލަމުންދާ އިލެކްޝަންސް ކޮމިޝަން މެންބަރުންގެ މައްސަލަ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ