ޕްރީ ސްކޫލް މަރުހަލާގައި ކުދިންނަށް ދެވޭ ތައުލީމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ޕްރީ ސްކޫލް މަރުހަލާގައި ކުދިންނަށް ދެވޭ ތައުލީމު ހަރުދަނާ ކުރުމާއި ބެހޭގޮތުން މެލޭޝިއާގައި އޮތް މަޝްވަރާ ބައްދަލުވުމެއްގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.
“އޭސިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން އާލީ ޗައިލްޑްހޫޑް ކެއާ އެންޑް އެޑިޔުކޭޝަން” ގެ ނަމުގައި މެލޭޝިޔާގެ ޕުތުރާޖާޔަގައި އޮތް މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް އެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ މި ބައްދަލުވުމުގައި ޕްރީސްކޫލް މަރުހަލާގެ ތައުލީމް ގައުމުތަކުގައި ވީހާވެސް ފުޅާކޮށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އޮއްޓަރުހުރި ފޭރާން ހެޔޮ ތައުލީމް ތުއްތު ކުދިންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މި ބައްދަލުވުން އޮތީ މިމަހުގެ 19 ން 21 އަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރ ފޯ ހަޔާ އެޑިޔުކޭޝަން އާއި ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ބައެއް ޔުނިވާސިޓީގެ ތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ