ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލުތަކުން އިތުރު ޑިސްކައުންޓެއް ދޭން ސްޓެލްކޯއިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ފޮނުވާފައިވާ ބިލްތައް، އެ ބަދަލާ އެއްގޮތަށް ބަދަލުކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރޯދަމަހުގެ ކަރަންޓު ބިލު ބޮޑުވިއިރު، ދެން އަންނަ ބިލުވެސް ބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައި ފަހުމީ ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް ޖެހިގެން އައި މަހު ގޭބިސީތަކަށް ލިބުނު ކަރަންޓް ބިލު 3 ގުނަ ވެފައިވާކަމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފައެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލުތަކުން އިތުރު ޑިސްކައުންޓެއް ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ