މިދިޔަ އަންގާރަ ދުވަހު ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އޭގެ ވެރިފަރާތް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ވީކިހިނެއް؟ - އެ ހާދިސާގައި އަނިޔާތަކެއް ލިބުނީ ބޯޓުގެ ވެރިފަރާތަށާއި ބިދޭސީ ފަޅުވެރިއަކަށެވެ. އޭގެ ތެރެއިން ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީ ބޯޓުގެ ވެރިފަރާތަށެވެ.
ތަފްސީލް - އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މިއަދު ވިދާޅުވީ 61 އަހަރުގެ އެ ދިވެހި މީހާއަށް މި ވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީތެރިކަމުގައި ކަމަށެވެ.
މި ހާދިސާގައި ދެ ދޯންޏެއްގައި ރޯވި އެވެ. އެ ދެ ދޯންޏަކީ ވެސް އެކަކުގެ ދެ ދޯންޏެވެ. އަދި ދެ ދޯނި ވެސް ބޭނުން ކުރަނީ ތެޔޮ އުފުލުމަށެވެ.
ފުރަތަމަ އެއް ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސި ވަގުތެވެ. ބޮޑަށް ރޯވީ އެ ދޯނީގަ އެވެ. ދެވަނަ ދޯނީގައި ރޯވީ އަނެއް ދޯނީގެ އަލިފާނުގެ އަސަރުކޮށްގެނެވެ.
ވިލުފުށި ތެޔޮ ބޯޓުގައި ރޯވެ ފިހުނު މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ