ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަހަދު ހައްޔަރު ކުރީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރަން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކޮން ކޯޓަކުން ކުރި އަމުރެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"އަބްދުލް އަހަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރުމަށް،" ފުލުހުން ބުންޏެވެ.
އަހަދު ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމަނުކުރި ނަމަވެސް، އަދަދު އަށް އެނގިފައިވާ ގޮތުގައި އަހަދު ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްްސަލައެއްގަ އެވެ.
އެ ރަށުން މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ އަހަދު އާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން އޮންނަ ކަމުގެ ވާހަކަ ރަށު ތެރޭގައި ދެކެވޭ ކަމަށެވެ.
މި ނޫހަށް އެނގިފައި ވާގޮތުގައި އަހަދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސްފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނޭނގެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު ހައްޔަރުކޮށްފި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ