133 އަހަރުވީ ކްލަބް ވިޓޭސޭގެ ޕްރޮފެޝަނަލް ލައިސަންސް އަތުލައިފި 133 އަހަރުވީ ކްލަބް ވިޓޭސޭގެ ޕްރޮފެޝަނަލް ލައިސަންސް އަތުލައިފި

އަމްސްޓެޑަމް، ނެދަލެންޑްސް (އޮގަސްޓް 1) - ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ގައުމެއް ކަމަށްވާ، ނެދަލެންޑްސްގެ ދެ ވަަނަ އަށް އެންމެ ދުވަސްވީ ކްލަބް، 133 އަހަރު ފުރިފައިވާ ޓީމު، ވިޓޭސޭގެ މައްސަަލަ ބޮޑުވެ، އެ ކްލަބްގެ ޕްރޮފެޝަނަލް ލައިސަންސް އަތުލަން ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
އަހަރުތަކެއް ވަންދެން، ވިޓެސޭގެ ހިންގުމުގެ ތެރޭގައި މައްސަލަތައް ބޮޑުވެ، މިދިޔަ މެއި މަހު، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ވިޓޭސޭގެ ޕްރޮފެޝަނަލް ލައިސަންސް ނަގާނެ ކަމަށް ވަގުތީ ނިންމުމެއް އިއްވައިފަ އެވެ. އޭގެ އެއް މަސް ފަހުން، ލޯކަލް އިންވެސްޓަރުންގެ ގްރޫޕަކުން ވަނީ، ޖޫން މަހު، ވިޓޭސޭގެ މެޖޯރިޓީ ހިއްސާ ގަނެފަ އެވެ.
އެކަމަކު، އެ ގްރޫޕުން އެ ކްލަބްގެ ހިންގުމަށް އައި ނަމަވެސް، އަހަރުތަކެއް ވަންދެން އޮތް މައްސަލަތަަކަށް އަވަސް ހައްލެއް ނުލިބި، އެންމެ ފަހުން އިއްޔެ، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުގެ އެޕީލްސް ކޮމިޓީން ނިންމީ، ވިޓޭސޭގެ ޕްރޮފެޝަނަލް ލައިސަންސް އަތުލުމަށެވެ.
އެއް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ވިޓޭސޭގެ ލައިސަންސް އަތުލިއިރު، މި ފަހަރު އެ ޓީމުގެ މައްސަލަ ހައްލުކުރަން ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށް ނުބެލެވޭއިރު، އެ ކްލަބް އުވައިލާން ޖެހުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ