މާރާމާރީގެ މައްސަލާގައި ހޯދާ މީހާ ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތަށް 4 މީހަކު ހައްޔަރުކޮށްފި

މާރާމާރީގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށްފި އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.
އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި އެ މައްސަލައިގައި ރޭ ބަޔަކު ހައްޔަރުކޮށްފައިވާކަން ވެސް ފުލުހުން ކަށަވަރުކޮށްދިނެވެ.
ހައްޔަރުކުރި މީހުން މިހާރު ވަނީ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
Maaraamaari akaa gulhigen hoadhaa meeheh filaigen ulheythaa maheh!
The most trusted news source in the Maldives
Mihaaru
މިފަހުން މާލޭގައި ގޭންގު މާރާމާރީތައް އަނެއްކާވެސް ވަނީ ގިނަވެފަ އެވެ. އެ މާރާމާރީތަކުގައި އެކަކު މަރާލާފައި ވާއިރު ތަންތަނާއި ތަކެއްޗެއް ގެއްލުން ވެސް ވަނީ ދީފަ އެވެ.
މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ