ހޯދާ މީހާ ފޮރުވައިގެން އުޅުނު މައްސަލާގައި ފުޓުބޯޅަ ކުޅުންތެރިއަކު ވެސް ހައްޔަރުކުރި

މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިއަކު ހިމެނޭ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
އެއީ ރޭ ނިމުނު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރި ލ. ގަން ޓީމުގައި ހިމެނޭ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ފުރަތަމަ ޑިވިޝަން ފުޓްބޯޅައިގައި މާޒިޔާ ސްޕޯޓްސް އަށް ކުޅޭ ޖުނައިދު ވަނީ މި ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފަ އެވެ.
އެނގިފައިވާ ގޮތުގައި ފައިނަލް މެޗު ކުޅެމުން ދިޔަ ވަގުތު ކޯޓު އަމުރާ އެކު، އެ ކުޅުންތެރިޔާ ހައްޔަރުކުރަން ފުލުހުން ނިންމިޔަސް އޭނާ ގެންދިޔައީ ފައިނަލް މެޗު ނިމުމުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ޖުނައިދު ގެންގޮސްފައި ވަނީ މެޗު ނިމުމާ އެކު، މުބާރާތުގެ އެވޯޑް ހަފްލާގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުދީ ކަމަށް ވެ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
Maaramaree akaa gulhigen hodhaa meehaa foruvaigen gengulhey kamuge thuhumathah 4 meehun hayyru koffi
The most trusted news source in the Maldives
Mihaaru
މެދުކެނޑުމަކަށް ފަހު މި ފަހުން މާލޭގައި ގޭންގް މާރާމާރީތައް އަނެއްކާވެސް ވަނީ އާއްމުވެފަ އެވެ. މާރާމާރީތަކުގައި އެކަކު މަރާލާފައި ވާއިރު ތަންތަނާއި ތަކެއްޗެއް ގެއްލުން ވެސް ވަނީ ދީފަ އެވެ.
މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ