ސަދަން ސްޕޯޓްސް ސެމީ ފައިނަލަށް މީދޫ ވޮލީ ޓީމާއި ޓީމް ވޯރިއަރސް

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ މީދޫ ވޮލީ ޓީމާއި ޓީމް ވޯރިއަރސް ސެމީ ފައިނަލަށް ދަތުރުކޮއްފިއެވެ. މި ދެ ޓީމުން ސެމީ ޖާގަ ހޯދާފައިވަނީ ލީގު ސްޓޭޖުގެ ދެވަނަ އަދި ތިންވަނަ ކާމިޔާބުކޮށްގެންނެވެ. 
ލީގު ސްޓޭޖުގެ ފަހު މެޗުގައި މިދެ ޓީމް ބައްދަލުކުރި މެޗުން މީދޫ ވޮލީ ޓީމް މޮޅުވެފައިވަނީ 2-3 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް ޓީމް ވޯރިއަރސް އިން ކާމިޔާބުކޮއްފައި ވަނިކޮށް ފަހަތުން އަރާ ފަހު ތިން ސެޓު ނަގާ މީދޫ ވޮލީ ޓީމް އިން މެޗު ކާމިޔާބު ކުރިއެވެ. 
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ވޮލީ ޓީމްގެ ޖާރޒީ ނަންބަރ 10، އާމިނަތު ނަވާއިމް އެވެ.
Advertisement
ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމާ ފައިނަލްގައި ވާދަ ކުރާނީ، މަރަދޫފޭދޫ ޓީމް އައިވީވައި އާ އެވެ. ޓީމް އައިވީވައި އިން މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކާމިޔާބުކޮށްފައިވަނީ ލީގު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ މެޗު އޮންނާނީ ރޭގަނޑު 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ