ރައްޔިތުންގެ މަޖިލިހީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި ބާއްވަން އިލެކްޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީ.ސީ އިން މިއަދު ނިންމައިފަވާ ކަމަށެވެ.
އަދި ފޯމު ބަލައިގަތުން ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
Advertisement
ގުރައިދޫ ދާއިރާގައި އެ ރަށުގެ އިތުރުން ހިމެނެނީ، މާފުށި އަދި ގުޅިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާ ތަމްސީލް ކުރައްވަމުންދިޔަ ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރާވުމާއި ގުޅިގެންނެވެ.
ރިޒާ އަވަހާރަވީ މިމަހު 22 ވަނަ ދުވަހުގެރޭ ދަންވަރުއެވެ. އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ