މައުމޫން ވިދާޅުވަނީ އީދު ދުވަހަކީ މާދަމާ ކަމަށް!

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ މިމަހުގެ 21 ވާ ހުކުރު ދުވަހަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރު ކޮށްދޭ ގޮތުގައި މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށް ކަމަށާއި އެގޮތަށް ދެންނެވީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހު ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް ހަނދު ނޯއްސި ހުންނާނެތީ ކަމަށެވެ.
މިގޮތުން ރާއްޖެއަށް މިއަދު އިރު އޮއްސޭނީ ހަވީރު 18:11 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީ 18:27 މިނެޓުގައި ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެން ކަމުން އެދުވަހު އިރުއޮއްސުމަށްފަހު 16 މިނެޓުއިރު ރާއްޖެއަށް ހަނދު ނޯއްސި ހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ: 
އެހެން ކަމުން މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއޭޕްރިލް މަހުގެ 21 ވާ ހުކުރު ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ.
ރާއްޖެއަށް ރަސްމީކޮށް ހަނދު ސާބިތުކުރުން އޮންނާނީ މިރެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ