މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީގެ ފަރާތުން ވާދަކުރި ވާދަވެރި މި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒެވެ.
ދެހާސް ހަސްތޭކަ ނުވަދިހަ ހަތަރު މީހުން ވޯޓުލި މި އިންތިހާބުގައި ޝާޒު އަށް ވަނީ 1346 ވޯޓު ލިބިވަޑައިގެންފައެވެ. ޝާޒުއާ އެންމެ ގާތުން މި އިންތިހާބުގައި ވޯޓުން ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި އަލީ އަރީފަށް ލިބިވަޑައިގަތީ 126 ވޯޓެވެ.
މި އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒު، އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 50 ޕަސެންޓު ވޯޓުންނެވެ.
Link: https://t.co/tVY7myxQa6 pic.twitter.com/L56CbcyroF
— Elections Commission (@ElectionsMv) April 19, 2023
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު “ހަތާވީސް” އަށް ދެއްވި އިންޓަވިއުއެއްގައި ޝާޒު ވިދާޅުވީ ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވެގެން ދިޔުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާވު ކުރައްވާނެ ކަމުގެ ހެއްކެއް ކަމަށެވެ.
“މިއީ ގުރައިދޫ ދާއިރާގެ ތާރިހު ބަދަކޮށްލި ރެއެއް، މި ނަތިއްޖާ މިގޮތަށް ނިކުމެގެން މި ދިޔައީ އަޅުގަނޑަށް އެހީތެރިވެދިން އެންމެހާ ބޭފުޅުންގެ މަސައަކަތުން” މި ނޫހާ ވާހަކަ ދައްކަމުން ޝާޒް ވިދާޅުވިއެވެ.
މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ރިޒާއެވެ. ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ