ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލް ހިންގާ އިންޓާރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި ޢަމަލީ ހުނަރުތައް ދަސްކޮށްދީ. ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއްކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 31 ގެ ނިޔަލަށް އެކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.
އެމް.ޕީ.އެލްއިން ބުނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ މުހިއްމު މަޤްޞަދަކީ އެކުންފުނީގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާއި ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝަޢުގުވެރިކުރުވުންކަމަށެވެ. އަދި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމަކީވެސް މި ޕްރޮގްރާމުގެ ބޭނުމެއްކަމަށް އެކުންފުނިން ބުނެއެވެ.
• މެކޭނިކަލް އިންޖިނިއަރރިން
• ސިވިލް އިންޖިނިއަރރިން
• މެރީން އިންޖިނިއަރރިން
• އިލެކްޓްރިކަލް އިންޖިނިއަރރިން
• އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)
• ބިޒްނަސް ޑިވެލޮޕްމަންޓް
• މާކެޓިން
އެމް.ޕީ.އެލްގެ ލާރނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްއިން ހިންގާ މި ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ ސްކޫލް ބަންދާއި ދިމާކޮށް ޖޫން 25 އިން ފެށިގެން އޯގަސްޓް 3 އަކާއި ހަމައަށެވެ.
މި ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓަރއެއް ހަމަޖައްސާނެކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުކަމަށްވެސް އެކުންފުނިން ބުނެއެވެ.
ސްކޫލް ޗުއްޓީއާއި ދިމާކޮށް އެމްޕީއެލްއިން ޚާއްސަ އިންޓާރންޝިޕް ފުރުޞަތުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ