ފެހި ގާނޫނުއަސާސީ ރައްޔިތުންނަށް ލިބި ސިޔާަސީ ޕާޓީތަކެއް އައި ނަމަވެސް ރައްޔިތުންގެ ފުދުންތެރިކަން އިތުރު ނުވާ ކަމަށާއި، އައި މާ ބޮޑު ބަދަލެއް ނެތް ކަމަށް އެސްޓީއޯގެ ކުރީއެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެއްދީ އޭރު ނެތް ގިނަ ހައްގުތައް ހޯދަން ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ނުފުދި ހުރި ގިނަ ކަންކަން އެ ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އޭގެ ފަހުން 20 އަހަރު ވީއިރު ވެސް، ބައެއް އަސާސީ ކަންކަން ހުރީ ލިބިފައި ކަމަށް އަމްރު ވިދާޅުވިއެވެ.
އެހެންނަމަވެސް އަމްރު ވިދާޅުވީ، 20 އަހަަރު ވެގެން ދިޔައިރު، ރައްޔިތުންނަށް މާބޮޑު ރާހަތެއް ނުލިބޭ ކަމަށެވެ. އެގޮތުން މިއަދު ވެސް ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމާއިމެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފައި ކަމަށާއި ރައްޔިތުންގެ އާމްދަނީއަށް ވެސް ބަދަލެއް ނާންނަ ކަމަށް އަމްރު ވިދާޅުވިއެވެ.
”އެ މަސައްކަތް ފުރަތަމަ ފެށެނީ ޕާޓީގެ ތެރެއިން. އެކަން ދެން މި ގެންދަނީ ދައުލަތުން ނޫނީ ސަރުކާރަކުން ރައްޔިތުންނަށް މަންފާ ވާގޮތަށް. އެއީ އަދުލު އިންސާފު ރައްޔިތުންނަށް ލިބޭ ގޮތަށް. އެކަން ކުރުމަށް ޓަކައި ޗެއާޕާސަންކަމަށް މީހަކު މި އަންނަނީ،“
އަމްރު ވަނީ މިނިވަން މުއައްސަސަތަކަށް މިއަދު މިނިވަންކަން ނެތް ކަމަށާއި އަދުލު އިންސާފު ހޯދަން އޮންނަ އެންމެ މަތީ ކޯޓު ކަމުގައިވާ، ސުޕްރީމް ކޯޓުވެސް އެއިރެއްގެ އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ބަދަލު ކުރާކަން ފާހަގަކުރައްވާފައެވެ. އެފަދަ ސަބަބުތަކާ ހެދި ރައްޔިތުންނަށް ބޭނުންވާ އަދުލު އިންސާފު ނުލިބޭ ކަމަށް އަމްރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެފަދަ މައްސަލަތަކަކީ އެހާ ފަސޭހައިން ހައްލު ކުރެވޭ ކަންކަން ނަމަ ކޮންމެ މީހަކު ވެސް އެކަންކަން ކުރާނެ ކަމަށެވެ. ވެރިކަން ނުލިބުނު ނަމަވެސް ހެޔޮ ބަދަލުތައް ގެންނަން ބޭނުންވަނީ ހަމައެކަނި ވިސްނުމެއް ކަމަށާއި، ވިސްނުމުގެ ދަށުން ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
ޕާޓީތަކެއް އުފެދި 20 އަހަރު ވީއިރު، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ނުވި: އަމްރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ