މަޖިލިސް ނައިބު ރައީސްއަކަށް ސަލީމްގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ނަން ޕީއެންސީ އިން ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގައި އިންނެވި އެންމެ ގިނަ ދުވަސްވީ އެއްމެންބަރު ކަމަށްވާ ސަލީމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގެންނަން ހުށަހެޅީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހްއެވެ.
ސަލީމްގެ އިތުރުން އިތުރުބޭފުޅަކު ޕީއެންސީއިން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދައެއް ނުކުރައްވައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އަހްމަދު ނާޒިމް އިއްޔެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ