ދަރަނި ދައްކަންވާނީ ރައްޔިތުން ނިކަމެތި ނުކޮށް، ޓެކްސް ބޭސް ފުޅާކޮށްގެން: ނަޝީދު ސަރުކާރުން އައު ޕޮޑްކާސްޓް ސިލްސިލާ “ދަ ޕަލްސް” އިފްތިތާހުކޮށްފި ޔާމީން، މުއިއްޒު އަށް:މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވާ އެކާވީސް ދުވަހުގެ ތެރޭގައި، މި

މިނިސްޓްރީ އޮފް ފައިނޭންސްގެ އާ މިނިސްޓަރުގެ މަގާމަށް، ކުރިން ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޒަރީރު މި މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ، ސެޕްޓެމްބަރު 30، 2024 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވެފައިވަނީ މަގާމުން އެކަހެރިވެވަޑައިގަންނަވަނީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ.
އާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަކީ މާލީ ދާއިރާގަ އާއި ޓެކްސްގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ