ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15އަށް

މިދިޔަ ހަފްތާ ތެރޭގައި ހިމަބިހި (މީސްލްސް) ގެ އިތުރު ހަތަރު ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ބަލީގެ އިތުރު ހަތަރު ކޭސް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ.އެއާއެކު އެ ބަލި ޖެހުނު މީހުންގެ އަދަދު 15 އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.ހިމަބިހި މިދުވަސްވަރު އިތުރުވަމުންދާތީ ބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްޙީ ފަރުވާދޭ ތަނަކަށް ދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވަ އެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެ އެވެ.ހުމަ ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި ފަރާތެއްނަމަ މިދުވަސްވަރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވަ އެވެ. އަދި ގިނަގިނައިން އަތްދޮވުމަށް އިރުޝާދުދެއްވަ އެވެ. ހަމައެއާއެކު ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ ނަމަ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވަ އެވެ.ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި؛- ހުން އައުން- ހަމުގައި ރަތް ބިހިތަކެއް ނެގުން- ކެއްސުން- ނޭފަތުން އަރިދަފުސް ފޭބުން- ލޯ ރަތްވުންހިމަބިހީގެ ނުރައްކާ ބޮޑުވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. އެހެންކަމުން ހިމަބިހީގެ ވެކްސިން 2 ޑޯޒު ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ