2022 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުން

ދިވެހިރާއްޖޭގައި އޮންނަ ދެމޫސުމުގެ ތެރެއިން އިރުވައި މޫސުން މިހާރު ފެށިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން މިއަދު އާންމުކޮށްފައިވާ ގޮތުގައި، މިއަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިގައިވަނީ 31 ޑިސެމްބަރު 2022 ވަނަ ދުވަހުއެވެ. އެގޮތުން އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މިއަހަރުގެ އިރުވައި މޫސުން ފެށުން ލަސްވެފައިވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އޮންނާނީ، މީލާދީ ގޮތުން ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.
އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާއްމުގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރުގެ އަތޮޅުތަކަށް ފަށައެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރުތައް މެދުރާއްޖެތެރެއަށް ފޯރައި، ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދެއެވެ.
އިރުވައި މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ، ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ