މޫސުން ގޯސް، މުޅި ރާއްޖެއަށް ރީނދޫ ސަމާލު

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގުގެ ވިއްސާރަ އެވެ. ހުޅަނގު މޫސުމުގައި އެކި ދުވަސްވަރު، ބޮޑެތި ކޮޅިގަނޑުތައް ކުރިމަތިވެ އެވެ.މެޓު އޮފީހުން ވަނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. ވައި ވެސް ގަދަވާނެ އެވެ. ކަނޑުތައް ވެސް ގަދަވެ ރާޅު 7 ފޫޓަށް އުފުލޭނެ އެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށީގެން ތ. އަތޮޅާއި ހަމައަށް މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ.މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.އަދި މި މުއްދަތުގައި ކަނޑުތައް ވެސް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. އަދި އެންމެ އަވަހަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ