ރާއްޖެ އަށް މާލީ އެހީދޭ ފަރާތްތަކުގެ އަގުވަޒަންކޮށްފި

ފާއިތުވި އެއް އަހަރުގެ ތެރޭގައި ރާއްޖެ އާއި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ވެ ދީފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް އެހީ ދޭ ޖަމިއްޔާތަކާއި މަލްޓިލޭޓަރަލް ބޭންކްތަކުގެ އަގު ފިނޭންސް މިނިސްޓްރީން ވަޒަންކޮށްފި އެވެ.
އެކަމަށްޓަކައި "މީރުމާ"ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަސީރެވެ.
ރާއްޖެއަށް ހިލޭ އެހީ އަދި ލޯނުދޭ ޖަމާއަތްތަކުގެ ތެރެއިން ރާއްޖޭގައި އޮފީސް ޤާއިމުކޮށްފައިވާ އެޖެންސީތަކުން މި ބައްދަލުވުމުގައި ވަނީ ބައިވެރިވެފައިވެ އެވެ.
ބައިވެރިންގެ ތެރޭގައި ހިމެނެނީ:
1. ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)
2. ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)
3. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)
4. ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)
5. ވޯލްޑް ބޭންކް ގްރޫޕް
6. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)
ބައްދަލުވުމުގައި ނަޞީރު ވަނީ ރާއްޖޭގެ އެކިއެކި ތަރައްޤީގެ މަޝްރުޢޫތަކަށް މާލީ އެހީ ފޯރުކޮށް ދެމުން ގެންދާތީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
View this post on Instagram
A post shared by Ministry of Finance (@financegovmv)
ފިނޭންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ބައިވެރިނުވާ އަދި އެތަށް ޑޯނަ އެޖެންސީއެއް ރާއްޖޭގެ ކުރިއެރުމަށްޓަކައި އެހިތެރިކަން ލިބޭކަން ފާހަގަކޮށް، ސަރުކާރާއި ދިވެހިރައްޔިތުންގެ ފަރާތުން އެ ޑޯނަ އެޖެންސީސްތަކާއި އަދި ބައިނަލްއަޤްވާމީ އެހީދޭ ޖަމާއަތްތަކަށް ވެސް ޝުކުރު އަދާކޮށްފައިވެ އެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ހަނދާނީފިލާ އަރުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ