އައިޔޫއެމް އިން އައްޑޫގައި، ޤުރްއާން ޙިފްޒު ކޯހަކާއެކު އެ ދާއިރާގެ އިތުރު ކޯސްތަކެއް ފަށަނީ. މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި 11 މިސްކިތެއްގައި ކީރިތި ޤުރުއާން އުގަންނައިދިނުމުގެ ޙަލަޤާތަކެއް ކުރިޔަށް ގެންދަނީ އައިޔޫއެމް އިން އައްޑޫގައި ކުރިއަށް ގެންދާ ކޯ

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ)ގެ ނުވަ ވަނަ ކޮންފަރެންސް އިއްޔެ ފަށައިފިއެވެ.
އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
އައިޔޫއެމްއިން ބުނީ މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 204 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި 113 ދިރާސީ ކަރުދާސް ހުށަހަޅާފައިވާ ކަަމަށެވެ. އޭގެތެރޭގައި، އިނގިރޭސި ބަހުން ހުށަހަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން 12 ކަރުދާހާއި އަރަބި ބަހުން 18 ކަރުދާހެއް ހުށަހަޅާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
މީގެއިތުރުން، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބާއްވާފައިވާ ކަމަށާއި ޖުމުލަ 12 ވޯކްޝޮޕް ބާއްވާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ. އަދި، ކޮންމެ ވޯކްޝޮޕެއްގައި 60އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން ޕާސްޕެކްޓިވްސް އިން އެޑިއުކޭޝަން (އައިޖޭއީޕީއީޑީ)އާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން އިޝޫސްއިން މެނޭޖްމަންޓް އެކައުންޓިން އެންޑް ޓެކްނޮލޮޖީ(އައިޖޭއީއެމްއޭޓީ) އިފްތާހުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރޝަފީއު ވިދާޅުވީ، ސައިންޓިފިކް އިލްމަކީ ތައުލީމުގެ އެންމެ މަތީ ހަރުފަތުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމަށް ވެސް ފަސޭހަވެގެންދާ ކަމަށެވެ. އަދި ދިވެހި ޔުނިވާސިޓީތަކުން ހަދާ ދިރާސާތަކުގެ ކޮލިޓީ ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެއީ ގައުމީ ލެވެލްގައި ހައްލު ކުރަން އިސްކަންދޭން ޖެހޭ މައްސަލައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
ތަފާތު ތިން ދާއިރާއަކުން މި ކޮންފަރެންސްގައި ދުނިޔޭގެ ތިން އިލްމުވެރިއަކު ކީނޯޓު ތަގުރީރު ދެއްވާނެއެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކްއާއި އެމެރިކާގެ ފިލިޕް ހެލިންޖްގެ އިތުރުން ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯއެވެ.
މިއަހަރުގެ އައިސީއައިއޭ ކޮންފަރެންސަށް މެލޭޝިޔާ އާއި ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ބޭރުގެ 59 ފަރާތެއް ރާއްޖެ އައިސް މި ކޮންފަރެންސުގައި ބައިވެރިވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ