މި ދެ ސަރަހައްދަށް ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އުތުރާއި ދެކުނަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.
މޫސުމީ އިންޒާރު ނެރެފައި ވަނީ އުތުރުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ. އަދި ދެކުނަށް އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.މި ދެ ސަރަހައްދަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.މި ދެ އިންޒާރު ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:30 އަށެވެ.ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ވެސް ދެކުނަށް ވަރަށް ބޮޑަށް ވިއްސާރަ ކޮށްފައިވެ އެވެ. އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގދ. ފަރެސްމާތޮޑާ އަށެވެ. އެރަށަށް 129.7 މިލިލީޓަރުގެ ވާރޭ އިއްޔެ ވަނީ ވެގިފަ އެވެ. ގއ. ގެމަނަފުއްޓަށް 56.2 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާދައިގެ ވަރަކަށް ވަނީ ވިއްސާރަކޮށް، ވާރޭވެސް ވެހިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އުތުރާއި ދެކުނަށް މިއަދު މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ