ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ނާދީއެއް ހުޅުވައިފި އެވެ.
ވީ ކިހިނެއް؟- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި މި އިމާރާތް ހުންނަނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާޓަވަރު އަށެއްގަ އެވެ.
އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގައި އުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހެދި ތަނެއް ކަމަށެވެ.
އެތަނުން ބުނިގޮތުގައި:
އިސްރަށްވެހިންގެ ނާދީގެ ނަމުގައި އެތަން ތަރައްގީކުރީ، ދުވަސްވީ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތަކާ އެކުގައި
އެގޮތުން، އެ މީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް އިސްކަން ދީފައިވާނެ
ނާދީގައި ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
ހެލްތު ސްކްރީނިން
އެ މީހަކަށް ހާއްސަ ފަރުވާ އެތަނުން ލިބޭނެ
އެތަނަށް ދާ ދުވަސްވީ މީހުންނަށް ބޭނުންކުރެވޭ ގޮތަށް އާއްމު ސަރަހައްދަކާއި ހިތްހަމަޖައްސާލައި އަރާމުކޮށްލަން ވަކި ސަރަހައްދެއް ހުރޭ
ހިތްހަމަޖައްސާލަން ބޭރަށް ނުކުމެލާނެ ޖާގަ ހުރޭ
އަވަސް ފަރުވާ ދޭ ކޮޓަރިއަކާއި ނަމާދު ކޮޓަރިއެއްގެ އިތުރުން ބަދިގެއެއް ހިމެނޭ
އެޗްޑީސީން ބުނިގޮތުގައި މިތަން ހުޅުވާފައި ހުންނާނީ ހަފުތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތް ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރެވެ.
ދުވަސްވީ މީހުންނަށް ހާއްސަ ނާދީއެއް ހުޅުމާލޭގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ