ޒަކާތް ދައްކާ ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވީ އިތުބާރު ހިފޭ ނިޒާމެއް ގާއިމުވުމުން: ޝަހީމް
މި އަހަރު ފިތުރު ޒަކާތް ދައްކާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވީ ހަރުދަނާ، ރަނގަޅު އަދި އިތުބާރު ހުރި ނިޒާމެއް ގާއިމުކުރެވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޒަކާތު ހައުސްއިން އިއްޔެ ވަނީ 2021އިން ފެށިގެން މި އަހަރާ ހަމައަށް، ކޮންމެ ރޯދަމަހެއްގެ ފުރަތަމަ 10 ދުވަހު އޮންލައިންކޮށާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގަނެފައިވާ ޒަކާތުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެގޮތުން މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި ދައްކާފައިވާ އަދަދު ވަނީ 2.91 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ދައްކާފައިވާ 1.60 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 1.31 މިލިއަން ރުފިޔާ ނުވަތަ 81.98 އިންސައްތައިގެ އިތުރުވުމެކެވެ. https://sun.mv/203802 ދެހާސް ތޭވީސް ވަނަ އަހަރުގެ އެ މުއްދަތުގައި ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 1.39 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު އެ މުއްދަތުގައި 1.09 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައި ވާއިރު 2021 ވަނަ އަހަރު ދައްކާފައި ވަނީ 977،301 ރުފިޔާއެވެ. ޒަކާތު ދައްކާ ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވި ސަބަބާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެ ކަމުގެ މައިގަނޑު ސަބަބަކީ ރަނގަޅު އިތުބާރު ހުރި ނިޒާމެއް ގާއިމުވުން ކަމަށެވެ. އަދި އެއީ މީހުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމުގެ ނަތީޖާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ހަމައެއާއެކު ޚަރަދުކުރާ ގޮތުގެ ތަފްސީލު މީޑިއާއަށް ހާމަކުރުމާއި، މަހުން މަހަށް ނެރެންޖެހޭ ރިޕޯޓު ނެރުމަކީ ވެސް އެ ކަމަށް މަގުފަހިކުރުވި ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއީ ޒަކާތު ހައުސް އުފެދުމާއި ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވުމުގެ ނަތީޖާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޒަކާތު ހައުސްއިން ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، މި މަހުގެ 27 ވަނަ ދުވަސް ކަމަށްވާ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށް ބުނެފައެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ: ދިރާގު: އެޕް/ ދިރާގު ޕޭ ވެބްސައިޓް މެދުވެރިކޮށް އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކު ބޭންކު: ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) މެދުވެރިކޮށް ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ