މޯ ސަލާ ރާއްޖެ އައިސްފައިވަނީ އަމިއްލަ ގޮތުންނެވެ. ރާއްޖެ އާއި ލިވަޕޫލްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހަރަކާތެއް ނުފެންނަނީ އެހެންވެ އެވެ.
ލިވަޕޫލްގެ ކުޅަދާނަ ކުޅުންތެރިޔާ މުހައްމަދު ސަލާހް ނުވަތަ އާއްމު ނަމުންނަމަ "މޯސަލާ" މި ވަގުތު ރާއްޖޭގައި ހުރިއިރު އޭނާ މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ހަތަރު ގަނޑު ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
މި އަހަރުގެ ޕްރިމިއަލް ލީގް ކާމިޔާބުކުރި ލިވަޕޫލްގެ މަޝްހޫރު މި ކުޅުންތެރިޔާ ސޯޝަލް މީޑިއާ އަށް ލާފައިވާ އެއް ފޮޓޯގަނޑުގައި ވަނީ ބީޗުގައި ސަރަންފީއެއް ބަހައްޓައިގެން އިށީންދެލައިގެން އިންތަނެވެ. އަދި އަނެއް ފޮޓޯގައި މާސްކެއް ހިފައިގެން ސްނޯކްލިންއަށް ގޮސްފައި އަންނައިރުކޮށް ފެންނައިރު އަނެއް ފޮޓޯގައި ކުޑަ ކޭކެއް ހިފައިގެން އިށީނދެ ލައިގެން އިންތަން ފެނެ އެވެ.
މިރާ އަށް އެނގިފައިވާ ގޮތުގައި މޯސަލާ ރާއްޖެ އައިސްފައިވަނީ އަމިއްލަ ގޮތުންނެވެ. މި ވަގުތު ހުރީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ. އެމްއެމްޕީއާރުސީ އާއި ލިވަޕޫލްއިން ރާއްޖެ އިސްތިހާރު ކުރަން އެއްބަސްވުމެއް ހަދާފައިވީނަމަވެސް އޭނާ ރަސްމީކޮށް ނުފެންނަނީ އެހެންވެ އެވެ. މިސްރަށް އުފަން މި ކުޅުންތެރިޔާއަކީ ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
ރާއްޖޭން ދަނީ ލިވަޕޫލްއާއެކު އިޝްތިހާރު ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ގިނަ ހަރަކާތްތަކެއް މިހާތަނަށް ހިންގާފައިވެ އެވެ. މި ހަރަކާތްތަކުގެ ތެރޭން ލިވަޕޫލްގެ ވަކިވަކި ކުޅުންތެރިނާއެކު ވެސް މާކެޓިން ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ކުރިން ބުނެފައިވެ އެވެ.
މޯސަލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ރަހުސުލްމާލު ނުވަތަ މުއްސަނދިކަމުގެ އަގު 90 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. އޭނާ އަހަރެއްގެ މައްޗަށް 18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޯސަލާ ރާއްޖޭގައި | ދުނިޔެއަށް ދޫކޮށްލީ ރާއްޖޭގެ ރީތި ފޮޓޯތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ