ރަށްގިރި މޯލްޑިވްސް 74 ވިލާއާއެކު ހުޅުވަނީ

ރާއްޖޭގެ ކަނޑުގެ ރީތިކަން ފެންނަ މާލެ އަތޮޅުގައި ތަރައްގީކޮށް ހުޅުވާ ރަށްގިރި މޯލްޑިވްސްގައި 74 ޕްރައިވެޓް ޕޫލް ވިލާ ހިމެނޭއިރު އޭގެ ތެރޭގައި 38 ވިލާއަކީ މޫދުގައި ހުންނަ އޯވަވޯޓާ ވިލާތަކެވެ
މާލެ އަތޮޅުގައި ތަރައްގީކުރާ ރަށް ގިރި މޯލްޑިވްސް 74 ވިލާއާއެކު ހުޅުވަން ތައްޔާރު ވެއްޖެ އެވެ. 
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓްތަކުގައިވާ ގޮތުން ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑް ބްރޭންޑުގައި ތަރައްގީކޮށް ހުޅުވާ ރަށްގިރި މޯލްޑިވްސް ހުޅުވަން ތައްޔާރު ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. 
ރާއްޖޭގެ ކަނޑުގެ ރީތިކަން ފެންނަ މާލެ އަތޮޅުގައި ތަރައްގީކޮށް ހުޅުވާ ރަށްގިރި މޯލްޑިވްސްގައި 74 ޕްރައިވެޓް ޕޫލް ވިލާ ހިމެނޭއިރު އޭގެ ތެރޭގައި 38 ވިލާއަކީ މޫދުގައި ހުންނަ އޯވަވޯޓާ ވިލާތަކެވެ. ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވިލާތަކުގެ ބޮޑު މިނުގައި 170 އާއި 260 އަކަމީޓަރު ހުރެ އެވެ. 
މި ރިސޯޓް ތަރައްގީ ކުރާ ސިކް އެންޑް ސިކްސް ބްރޭންޑަކީ ޓޫރިޒަމަށް އާ ބަދަލުތަކެއް ގެންނަން ތަރައްގީ ކުރި އާޖީލުގެ ޓޫރިޒަމް މަރުކާއެކެވެ. 
ރާއްޖޭގައި މި އަހަރުވެސް އާ ގިނަ ރިސޯޓްތަކެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. މި ރިސޯޓްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކާއި ދިވެހި ކުންފުނިތަކުގެ ރިސޯޓްތައްވެސް ހިމެނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ