ކުރިއަށްއޮތް ރަމަޟާންމަހުގެ ކަރަންޓްބިލަށް މަދުވެގެން %10 ނުލިބޭ ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނޭކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރަމަޟާންމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ރައްޔިތުންނަށް އޮޅޭގޮތަށް ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރޯދަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދެވިގެންދާނީ ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ގޮތަށް ރައްޔިތުންނަށް ހަރަދުކުޑަ އަދި އެންމެ ލުއި ފަސޭހަ ވެގެންދާނެގޮތަށް ކަމަށެވެ.
Advertisement
ޑިސްކައުންޓް ދެވޭނެ ގޮތަކީ 2024 ވަނައަހަރުގެ ކަރަންޓު އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރޗް އަދި އޭޕްރީލް މަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަހުގެ ކަރަންޓް ބިލްގެ އެވްރެޖަކީ، ޢާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ މިންވަރު ކަމަށް ބަލައި، އެމިންވަރަށްވުރެ އިތުރަށް މިރޯދަމަހު ބޭނުންކުރާ މިންވަރު ރޯދައިގެ ޑިސްކައުންޓްގެ ގޮތުގައި ދިނުން
ފަހުމީ ވިދާޅުވިއެވެ
ފަހުމީ ވިދާޅުވީ އާއްމު މަސްތަކުގައި ކަރަންޓް ބޭނުންކުރާ އެވްރެޖަށްވުރެ މިރޯދަމަހު ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވިނަމަވެސް، އެފަދަ ފަރާތްތަކަށްވެސް %10 ގެ ޑިސްކައުންޓް ލިބޭނޭ ކަމަށެވެ. މީގެ އިތުރުން 9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނޭ ކަމަށާއި ޖުމްލަކޮށް ދަންނަވާކަމަށްވާނަމަ އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނޭ ކަމަށެވެ.
ފަހުމީގެ ޕޯސްޓް
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ތައްޔާރު ކުރަން ނިންމާ މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީތަކަކުން ރީޑިން ނެގުމަށް އެކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުތުމަށް ނިންމާފައެވެ. ސްޓެލްކޯ އިން މިއަދު ބުނެފައިވަނީ، އާއްމު ގޮތެއްގައި ރީޑިން ނެގުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ 29 މުވައްޒަފުންކަމަށެވެ. ނަމަވެސް މާދަމާ ސްޓެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިން ނެގުމަށް ނިކުންނާނެ ކަމަށާއި، އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްްމީއާ އިސްވެރީން ވެސް ބައިވެރިވެވަޑައިގަންނަވާނޭކަމަށް ޤައުމީ އިންޖީނުގެއިން ބުންޏެވެ.
ހާއްސަ ޓާސްކު ފޯހެއް ހަދައިގެން ރީޑިން ނަގަން ނިންމީ ކުރީ އަހަރު ކުރިމަތިވި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރަމަޟާންމަހުގެ ކަރަންޓްބިލަށް މަދުވެގެން 10 އިންސައްތަ ނުލިބޭ ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ