ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އާ ބްރާންޗުގެ ބިންގާ އަޅައިފި އެވެ.ބީއެމްއެލްގެ ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އެޅީ އެ ރަށުގައި ގާއިމުކުރި ދެ ވަނަ ބީއެމްއެލް އޭޓީއެމް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.އެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުއާމަލާތްތައް ކުރެވޭނެކަން ވެސް ބީއެމްއެލްއިން ފާހަގަކުރިއެވެ.ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އެ ބޭންކުން މުޖުތަމައާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ."އާ ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިން ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ