އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑު އުޅަނދެއް ހަދިޔާ ކުރަނީ

އޮސްޓްރޭލިއާއިން ރާއްޖޭގެ ކޯސްޓުގާޑަށް ޕެޓްރޯލް އުޅަނދަކާއި ”މަލްޓި ބީމް އެކޯ ސައުންޑާ“ އެއް ހަދިޔާކުރަން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ ނައިބު ބޮޑު ވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް ”ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓް“ އަކާއި ”މަލްޓި ބީމް އެކޯ ސައުންޑާ“ އެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ތަކެތި ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
އެ ޕެޓްރޯލް ބޯޓާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ގަވާއިދާ ހިލާފު ކަންކަން ހުއްޓުވަން އިތުރު ބާރަކަށް ވެގެންދާނެއެވެ.
އަދި ރާއްޖޭގެ ކޯސްޓް ގާޑުގެ ހައިބަތު ދެ ގުނަ އިތުރުކުރަން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ވެސް އިތުރަށް ގާތްވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ