ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރެފި އެވެ.
ރަސްމީ ބައެއް ސޯސްތަކުން "އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ހައްޔަރު ކުރަން އަމުރު ނެރެފައިވަނީ، މޭޑޭގައި އިދިކޮޅު ފަރާތްތައް ގުޅިގެން ބޭއްވި ބޮޑު އެއްވުމަށާއި އެ ރޭގެ މުޒާހަރާއަށް މާލީ ގޮތުން އެހީވެދީ ފަންޑުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
މި ތުހުމަތުކޮށްފައިވާއިރު މޭޑޭގެ މުޒާހަރާއަށް ގާސިމް ފަނޑުކުރެއްވި ކަމަށް ޕީޕިއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ކުރިން ވަނީ ތުހުމަތު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް ކަމެއް ކަށަވަރުކޮށެއް ނުދެ އެވެ. ހަމައެކަނި ބުނީ ފުލުހުން ހައްޔަރު ކުރަން ބޭނުންވާ މީހުން ހައްޔަރު ކުރުމަށް ބޭނުންވާ ކޯޓް އަމުރުތައް ހޯދަމުން ގެންދާނެ ކަމަށާއި ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ވިޔަފާރި ކުންފުނިީގެ ވެރިޔާ ހައްޔަރު ކުރަން ކޯޓް އަމުރެއް ނެރުނު އިރު އެމަނިކުފާނު މިވަގުތު ރާއްޖެއަކު ނެތެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ތައިލެންޑްގަ އެވެ.
ގާސިމްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ތައިލެންޑްގައި މިވަގުތު އެމަނިކުފާނު ހުންނެވީ ތައިލެންޑްގެ ޑޮކްޔާޑެއްގައި އޮތް އެމަނިކުފާނުގެ ވިލާ ކުންފުނީގެ ބޯޓެއްގެ މަސައްކަތް ހިނގާ ގޮތް ބައްލަވައިލެއްވުމަށެވެ.
މޭޑޭގެ މުޒާހަރާއަށް ފަންޑު ކުރި ކަމަށް ތުހުމަތު ކުރި އިރު އެ ދުވަހުގެ އެއްވުން ލީޑް ކުރި ޖޭޕީ ނައިބު ލީޑަރު އަމީން އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ވަނީ އެ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.
އަދި މިފަދަ އަމުރެއް ނެރުނު އިރު ގާސިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި އެކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. ނަމަވެސް ފްރީޒް ކުރި އެއްވެސް އެކައުންޓެއްގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ވެއެވެ.
ގާސިމް ހައްޔަރު ކުރަން ކޯޓް އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ