ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މައްޗަށް އެކުލެވޭ އާސިއާން ސަމިޓުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މެލޭޝިއާއަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ޓްރަމްޕް ކުއަލަލަމްޕޫރަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމަނިކުފާނު އިރުމަތީ އޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މި ސަރަހައްދުގައި މެލޭޝިއާގެ ދައުރު އިތުރަށް ފުޅާވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މި ދަތުރުގައި ޓްރަމްޕް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާ ބައްދަލުކުރައްވާ ވިޔަފާރި އާއި, އިންވެސްޓްމަންޓާއި, ސަރަހައްދީ ސަލާމަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމާފަ އެވެ. އަދި މި ދަތުރުގައި ދެ ލީޑަރުން ވެސް ދެގައުމުގެ މެދުގައި ތަފާތު އެކި އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ބެލެވެ އެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ހަމަނުޖެހުންތަކަށް ފަހު، އެ ދެ ގައުމުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެސް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޓްރަމްޕްގެ މި ދަތުރާ ގުޅިގެން, ކުއަލަލަމްޕޫރުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ސިޓީ ސެންޓަރުގެ ވަށައިގެންވާ ބައެއް މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އޭޝިއާގެ އެކި ކަންކޮޅުތަކުން ލީޑަރުން މި ސަމިޓަށް މެލޭޝިއާ އަށް ހާޒިރުވެފައި ވާތީ، ޓްރެފިކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެ ގައުުމުގެ އޮފިޝަލުން ބުނެ އެވެ.
މިއީ މެލޭޝިއާއަށް އެމެރިކާއާ ގުޅުން ބަދަހިކޮށް، ގައުމަށް އިތުރު އިންވެސްޓްމަންޓް ގެނައުމަށް ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ އެމެރިކާއާއި ޗައިނާއާ ދެ ގައުމާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުމުގައި މެލޭޝިއާ ގެންގުޅޭ ހަމަހަމަ ކަމުގެ މިސާލެކެވެ. މެލޭޝިއާ ދަތުރަށް ފަހު, ޓްރަމްޕްގެ އޭޝިއާ ދަތުރުގައި ޖަޕާނާއި ދެކުނު ކޮރެއާއަށް ވަޑައިގަންނަވާނެ އެވެ.
އާސިއާން ސަމިޓުގައި ބައިވެރިވުމަށް ޓްރަމްޕް މެލޭޝިއާގައި އާސިއާން ސަމިޓުގައި ބައިވެރިވުމަށް ޓްރަމްޕް މެލޭޝިއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ